އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންފި

ފޮޓޯ: މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް، އިންޑިއާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މިއީ  ދެވަނަ ދައުރަކަށް ހޮވިވަޑައިގެން ބޮޑުވަޒީރުކަމުގެ ހުވައި ކުރެއްވުމަށްފަހު އެމަނކުފާނު ގައުމުން ބޭރަށްކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މޯދީ ރާއްޖެ ވަދައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި އިންޑިއާގެ އެމްބެސެޑަރެވެ. 

ދާދި ކުދަ އިރުކޮޅެއްގެ ތެރޭގައި އެމަނިކުފާނު މާލެ ވަޑައިގަންނަވާނެއެވެ، މާލެއިން އެމަނިކުފާނަށް މަރުޙަބާ ދަންނަވާނީ ރައީސުލުޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެވެ. މި ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.

މޯދީގެ މި ދަތުރުފުޅުގައި އިންޑީއާ އާއި ރާއްޖެ އާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން މިއަދުގެ މަޣްރިބް ނަމާދަށްފަހު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވާނެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.