ކަނޑުމަތީގައި ހިނގި ދެ އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެއްޖެ

ބަންޑުން ޖަހާލައިފައިވާ ދޯންޏެއް ނެގުމުގެ މަސައްކަތް ކުރަނީ

މިއަދު ކަނޑުމަތީގައި ހިނގި ދެ އެކްސިޑެންޓެއްގައި އެކަށް އަނިޔާ ވެއްޖެއެވެ. ފުލުހުން ވިދާޅުވީ ފުރަތަމަ އެކްސިޑެންވީ ހުޅުމާލެ ފެރީއަކާއި، ދިއްފުށްޓަށް ދަތުރުކުރާ ލޯންޗެއް ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 4:30 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައިވަނީ ލޯންޗުގައި އިން މީހަކަށް އަނިޔާވެފައެވެ. އަނިޔާވެފައިވަނީ ފިރިހެނަކަށް ކަމެއް އަންހެނަކަށް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާއާ ބެހޭ މައުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އެމީހާއަށް ފަރުވާ ދިނުމަށްވަނީ އައިޖީއެމްއެޗަށް ފޮނުވާފައި ކަމަށެވެ.

ދެވަނަ އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 7:24 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއެކްސިޑެންޓުވީ ވިލިމާލެ ފެރީއަކާއި ވިލާގޭސް ދޯންޏެކެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި ދެ އުޅަނދުންކުރެ އުޅަނދަކަށް ގެއްލުމެއްވި ކަމަށް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ.

މި ދެ މައްސަލަ ވެސް ބައްލަވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުވި އުޅަނދުފަހަރު ދުއްވަންތިބީ ލައިސަންސް އޮންނަ ކެޕްޓަނުންނެވެ. ފުލުހުން ގެންދަވަނީ މި މައްސަލަ ބައްލަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.