
ސިނަމާލެ ބްރިޖުގެ ހައިވޭގައި މިއަދު އަނެއްކާވެސް ބޮޑު އެކްސިޑެންޓެއް ހިގައިފިއެވެ. މިއަދު ހެނދުނު ހިނގި މިއެކްސިޑެންޓުގައި ހައިވޭގައި ބައްހައްޓާފައި ހުންނަ ގިނަ އަދަދެއްގެ ޑިވައިޑާތައް ވަނީ ފުނޑުފުނޑު ވެގެން ގޮސްފައެވެ.
ފުލުހުން ބުނީ މިއަދު ޑިވައިޑާތައް ފުނޑުފުނޑު ކޮށްލުމަށް ފަހު އެ އެކްސިޑެންޓްވީ ކާރާއެކު ޑްރައިވަރު ވަނީ ފިލާފައި ކަމަށެވެ. ވާރޭ ވެހެމުންދިޔަ ވަގުތެއްގައި ހިނގި އެ އެކްސިޑެންޓުވި ވެހިކަލް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
ބްރިޖު ހައިވޭގައި މީގެކުރިންވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައެވެ. މީގެކުރިންވެސް ބަޔެއް އެކްސިޑެންޓު ތަކުގައި ޑިވައިޑާތައް ހަލާކު ވެފައިވެއެވެ. ނަމަވެސް މިއީ އެންމެގިނަ އަދަދަކަށް ޑިވައިޑާތައް ހަލާކު ވެގެންދިޔަ އެކްސިޑެންޓެވެ.
Thi ekucidentevimeehunhoadhaa joorimainaakuranfenee kihaabodugellumehthivani