އާފަތިސް ބަދިގެ: ބަނާނާ ފޯސްޓަރ

ބޭނުންވާނެ ބާވަތްތައް:

4 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ

½ ސަމުސާ ފޮނިތޮށި

ތަކޫވައް ކޮޅެއް

4 ދޮންކެޔޮ، ތޮށި ނޮޅައި ދެފަޅިކޮށްފައި

1 ސައިސަމުސާ ބަނާނާ އެސެންސް

2 މޭޒުމަތީ ސަމުސާ ސިޑަރ އެޕަލް ވިނެގަރ

ވެނީލާ އައިސްކްރީމް

ތައްޔާރުކުރާނެ ގޮތް:

ފުން ތަވައެއްގައި ބަޓަރު ވިރުވާށެވެ. ބްރައުން ޝުގަރ އާއި ފޮނިތޮށްޓާއި ތަކޫވައްކޮޅު އެއްކުރުމަށްފަހު ހަކުރު ވިރެންދެން ހަލުވަމުން ކައްކާށެވެ. ދެން އޭގެ ތެރެއަށް ދޮންކެޔޮ، ބަނާނާ އެސެންސް، އަދި އެޕަލް ސިޑަރ ވިނެގަރ އަޅައިގެން ކައްކާށެވެ.

4 ތަށްޓަށް އައިސްކްރީމް އެޅުމަށްފަހު ތަވާއިން ދޮންކެޔޮ ނަގައި ކޮންމެ ތަށްޓަކަށް ދެފަޅި ދޮންކެޔޮ ލާށެވެ. ދޮންކެޔަފަޅި ބާއްވަންވާނީ އައިސްކްރީމްގެ މަތީގައެވެ. ދެން ތަވާގައި ހުރި ސޯސް އައިސްކްރީމް މައްޗަށް އޮއްސާލުމަށްފަހު ކާން ނަގާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.