
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސައުދި އަރަބިއާގެ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. މި ދަތުރުފުޅަކީ ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު ރައީސް ސައުދި އަރަބިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސްގެ މި ދަތުރުފުޅަކީ މައްކާގައި އޮންނަ 14ވަނަ އޯއައިސީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސަމިޓު އޮންނާނީ ހުކުރު ދުވަހުއެވެ. އޯއައިސީ ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން އިސްލާމީ ގައުމުތަކުގެ ވެރީން ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓެކެވެ.
