އާފަތިސް ބަދިގެ: ބަލަޚްޝާމް

ފުށްގަނޑަށް ބޭނުންވާނެ ބާވަތްތައް:

1 ½ ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ ބަޓަރު

2 ޖޯޑު ފުށް

8 ކުކުޅު ބިސް

ތެޔޮ

ހަކުރު ފަންޏަށް ބޭނުންވާނެ ބާވަތްތައް:

2 ޖޯޑު ހަކުރު

1 ½ ޖޯޑު (ހުވަނދު) މާ ފެން

ތައްޔާރުކުރާނެ ގޮތް:

ސިރަޕް ތައްޔާރުކުރުމަށްޓަކައި މާފެނާއި ހަކުރު ހޫނު ކުރާށެވެ. ހަކުރު ވިރި ހަކުރު އޮލަވާންދެން ކުޑައިރުކޮޅަކަށް ކައްކާށެވެ. ދެން އުނދުންމަަތިން ބާލާށެވެ.

ފުށްގަނޑު ތައްޔާރު ކުރުމަށްޓަކައި ފެން ކައްކާށެވެ. ފެން ކެކެން ފެށުމުން އޭގެ ތެރެއަށް ބަޓަރު އަޅައި، ފެނާއި އެކުވެ ބަޓަރު ވިރެންދެން ހޫނުކުރާށެވެ. ބަޓަރާއި ފެން އެކުވުމުން އޭގެ ތެރެއަށް ފުރާނާފައި ހުރި ފުށް ސަމުސަލަކުން ސަމުސަލަކުން އަޅައި ފުށްގަނޑު ބޯޅައަކަށް ވަންދެން އެއްކުރާށެވެ.

ދެން އުނދުން މަތިން ބޭލުމަށްފަހު ފުށްގަނޑު ހިހޫ ކުރަން ބަހައްޓާށެވެ. ހިހޫ ވުމުން ފަހަރަކު ފަހަރަކު ބިހެއް ފުށްގަނޑުގެ ތެރެއަށް އަޅައި އެއްކުރާށެވެ.

ބަލަޚްޝަމް ތެލުލުމަށް ތެޔޮ ހޫނުކުރާށެވެ. ޕައިޕިންގ ބޭގަކަށް ފުށްގަނޑުން ބައެއް އެޅުމަށްފަހު ތެޔޮގަނޑުގެ ތެރެއަށް ކާމަރަނގަ ސިފައަށްވާ ގޮތަށް އަޅައި ތެލުލާށެވެ. ސަމުސަލަކުން ވެސް އެޅިދާނެއެވެ. ތެލުލެވުމުން ހަކުރު ފަނީގެ ތެރެއަށް އަޅައި ކުޑަކޮށް ފޯކުރުމަށްފަހު ނަގާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.