
މެއި މަހު 24 ވަނަ ދުވަހުގެ ރޭ ގދ. ރަތަފަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގައިފައިވާ ފައިސާތަކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ ފިހާރައިން ނަގައިފައިވަނީ 20،500 ރުފިޔާއި، 412 ޑޮލަރާއި، 10 ޕައުންޑް ކަމަށެވެ. އޭގެ އިތުރަށް ސިގިރެޓް ވެސް ވަގަށްނަގައިފައިވާ ކަމަށް ވިދާޅުވެފައެވެ.
ވައްކަމުގެ މި މައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު ވަނީ ބަންދު ކޮށްފައެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ވަނީ އެމީހުންގެ ބަންދަށް ތިން ދުވަސް ދީފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.