
ހދ. ކުޑަހުވަދޫގައި ހުންނަ މީރާ އޮފީސް ފަޅާޅައި އެތަނުގެ ތިޖޫރި ވަގަށް ނަގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންނަށް އެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:30 އެހައިކަންހާއިރުއެވެ. ފުލުހުން މިހާރު ގެންދަނީ އެމައްސަލަ ބަލަމުންނެވެ.
ފުލުހުން ވިދާޅުވީ ތިޖޫރި ވަގަށް ނެގިއިރު އޭގައި 62393 ރުފިޔާގެ 4 ޗެކާއި، 1500 ރުފިޔާއި، 100 ޑޮލަރު ހުންނާނެ ކަމަށެވެ. އޭގެ އިތުރަށް 4682 ރެވެނިއު ސްޓޭމްޕާއި އަހަރީ ސްޓިކާގެ 50 ސްޓިކާ އޮންނާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ.