
ގުރައިދޫ މަރުކަޒު: ފޮޓޯ ވީނިއުސް
ދައުލަތުގެ ބެލުމުގެ ދަށުން ހިނގާ ކ.ގުރައިދޫގައި ހުންނަ މަރުކަޒުގައި ދިރިއުޅެމުން ދިޔަ އުމުރުން 63 އަހަރުގެ މީހަކު މިއަދު ނިޔާވެއްޖެއެވެ.
އޭނާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ. އޭނާ ނިޔާވެފައިވަނީ ޤުދުރަތީ މަރަކުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މި މީހާ ނިޔާވުމުން ދައުލަތުގެ ކަމާ ބެހޭ މުޢައްސަސާތަކުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް މަޢޫލޫމާތު ލިބިފައެވެ. އެގޮތުން ހިޔުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ޢާއްމު އުސޫލުން މިކަން ބަލައިފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހުން ނިޔާވުމުން ތަފާތު ގޮތްގޮތަށް އަޑު ފެތުރެމުންދެއެވެ.