
ޑްރަގާއި ވައްކަން ހުއްޓުވާނެ ވަރުގެ ވެރިއަކު ރާއްޖޭގެ ވެރިކަމަށް އަދި ވަޑައި ނުގަންނަވާ ކަމަށް ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ޢުމަރު ވިދާޅުވީ އިރާދަ ކުރެއްވިއްޔާ އެފަދަ ވެރިއެއް 2023 ގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ އެ އުންމީދު ޙާސިލް ކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖެއަކީ އަމާން ތަނަކަށް ބަދަލުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިރާދަ ކުރެއްވިއްޔާ 2023 ވަނަ އަހަރުން ފެށިގެން "މީހުން މެރުމާއި ޑްރަގް ވިއްކުމާއި ގޭންގުތައް ފުނޑިގެންދާނެ" ޢުމަރު ވިދާޅުވިއެވެ.
ޢުމަރުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފައެވެ. އެންމެފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ ފަހުވަގުތު އޭނާ ވަނީ ވާދަނުކުރައްވަން ނިންމަވައިފައެވެ. އެފަހާރު އޭނާ ވިދާޅުވެފައިވަނީ އަދި އޭނާގެ ފަހަރު ނާންނަ ކަމަށެވެ.