ތަފާތޮބޮޑުކޮށް ރާއްޖެއިން، ބަންގާޅު ބަލިކޮށްފި

މިރޭ ރާއްޖެއާއި ބަންގާޅު ކުޅުނު މެޗުގެ ތެރެއިން ފޮޓޯ: މިހާރު
މިރޭ ރާއްޖެއާއި ބަންގާޅު ކުޅުނު މެޗުގެ ތެރެއިން    ފޮޓޯ: މިހާރު
މިރޭ ރާއްޖެއާއި ބަންގާޅު ކުޅުނު މެޗުގެ ތެރެއިން                      ފޮޓޯ: މިހާރު

ބައިނަލްއަޤުވާމީ އެކުވެރިކަމުގެ ފުޓްބޯޅަމެޗެއްގައި މިރޭ ބަންގާޅާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު 5 – 0 ގެ ތަފާތުބޮޑު ނަތީޖާއަކުން ރާއްޖެ ކާމިޔާބުކޮށްފިއެވެ.

ދިވެހި ޤައުމީ ފުޓުބޯޅަދަނޑު ( ގަލޮޅު ދަނޑު) ގައި މިރޭ ކުޅުނު މިމެޗަކީ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.

ރާއްޖޭގެ ޤައުމީ ފުޓްބޯޅަޓީމު ޤައުމުގައި ކުޅޭ ކޮންމެ މެޗަކަށް ދަނޑުފުރި ބަންޑުންވާވަރަށް މީގެކުރިން ދިވެހި ސަޕޯޓަރުން ވަން ނަމަވެސް މިރޭ އެމަންޒަރު ނުފެނެއެވެ. އޭގެ ބަދަލުގައި އާދައާކިލާފު ގިނަ ޢަދަދަކަށް ބަންގާޅު ސަޕޯޓަރުން މިރޭ ދަނޑަށް ވަނެވެ. އެއީ މަސައްކަތުމީހުންގެގޮތުގައާއި އެނޫންވެސް އެކި ބޭނުންތަކުގައި ރާއްޖޭގައި ދިރިއުޅޭ އެޤައުމުގެ ރައްޔިތުންނެވެ. މިރޭގެ މެޗާ ގުޅިގެން މިކަން ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފް ނިމުނީ 0 - 0 އިން ދެޓީމު އެއްވަރުވެގެންނެވެ. އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން މެޗުގެ 53 ވަނަ މިނިޓްގައި ރާއްޖޭ ޓީމުން ވަނީ ލީޑު ނަގައިފައެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ، އަސަދުﷲ ޢަބްދުﷲ އެވެ. އޭނާވަނީ މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ހަދާފައެވެ. ރާއްޖޭގެ އަނެއް ދެލަނޑު ކާމިޔާބުކުރީ ހަމްޒާ މުހައްމަދާއި އިސްމާއީލް އީސާއެވެ.

ވޯލްޑް ކަޕް ކޮލިފައިން ޕްލޭ އޮފްގައި ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ ފުރަތަމަ ލެގްގެ މެޗު އޮންނާ އަންނަ އަންގާރަ ދުވަހުގެ ރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑު (ގަލޮޅު ދަނޑު)ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.