
މާލޭ މޫކައި ސޫޓޫސް ގެ ހަވަނަ ފަންގިފިލާގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިޙާދިސާ ހިނގާފައިވަނީ މިރޭ 9:48 އެހައިކަންހާއިރު ކަމަށެވެ.
އަލިފާން ރޯވުމުން އެމްއެންޑީއެފް ފަޔަރުން ވަނީ އަލީފާން ނިއްވާލައިފައެވެ. އެހެންނަމަވެސް އަދިވެސް އެތަނުން ދުން އަރަމުންދާތީ ފަޔަރުން ގެންދަނީ ހަރަކާތްތެރި ވަމުނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ދުންއަރަމުން ދަނީ އެތަނުގެ ކަރަންޓު ކޭބަލް ތަކުންނެވެ. އެހެވެ އެ ޢިމަރާތުން މިހާރުވަނީ މީހުން ހުސްކޮށްފައި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އެމްއެންޑީއެފުން އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ މިޙާދިސާގައި ރޯވެފައިވަނީ އެ ޢިމާރާތުގެ ގްރައުންޑް ފުލޯގައި ހުރި ކަރަންޓު ކޭބަލްތަކެއްގައި ކަމަށެވެ. ފުލުހުން އެތަނަށް ދިޔައިރު ލައިޓުތަކުން ދުންއަރާކަން ފާހަގަ ކުރެވުނު ކަމަށެވެ. އެހެންވެ ހުރިހާ ފަންގިފިލާއެއް ބެލިއިރު ހުރިހާ ލައިޓުތަކުން ވެސް ދުންއަރަމުންދާތީ ޢިމާރާތުން މީހުން ހުސްކުރީ ކަމަށެވެ.
މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.