
މިއަދު ހެނދުނު 6:37 އެހައިކަންހާއިރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޢުމުރުން 31 އަހަރުގެ، ޔޫކްރައިން އަންހެނަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފެތިރޯނުމަގުގައި ހުންނަ އެފްއެސްއެމް ފިއުލް ސަޕްލައި ސްޓޭޝަން ކައިރީން ކަމަށެވެ. އެކްސިޑެންޓުވެފައިވަނީ އެމްޓީސީސީގެ ބަހެކެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ ބަސް ދުއްވި ޑްރައިވަރު ނިދާފައި އިނދެގެން ދުއްވުން ކަމަށެވެ. "ބަސް ގޮސް އެވަގުތު ފިތުރޯނު މަގުން ހިނގާފައި ދިޔަ ޔޫކްރައިންގެ އަންހެނެއްގެ ގައިގައިޖެހި އެނާ ބަސް ދަށުވީ،" އެކްސިޑެންޓާބެހޭ ގޮތުން ފުލުހުން ވިދާޅުވިއެވެ.
ބަސް ދުއްވަން އިނީ ދިވެހި ފިރިހެކެވެ. އާނާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މިހާރުވެސް އޭނާ ބަންދުކޮށް ތަޙުޤީގު ފަށްޓަވައިފައެވެ.