
ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އިސްލާމިކް މިނިސްޓްރީން ދެއްވައިފައިވާ މުއްދަތު އެޕްރީލް 28 ގައި ހަމަވާނެ ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިނިސްޓްރީން ހުޅުއްވާފައިވަނީ އެޕްރީލް 3 ގައެވެ. މިނިސްޓްރީން ވިދާޅުވެފައިވަނީ މިފަހަރު ފަޤީރުންގެ ދަފްތަރު އެކުލަވާލުމަށްފަހު ކުރީގެ ދަފްތަރު އުވާލެވޭނެ ކަމަށެވެ. އެހެން ކަމުން ފާއިތުރި ތިން އަހަރު ( 2016، 2017، 2018 ) ގައި ރަޖިސްޓްރީ ވެފައިވާ މީހުން ވެސް މިފަހަރުގެ ފަގީރުންގެ ދަފްތަރުގައި އަލުން ރަޖިސްޓްރީ ވާޏްޖެހޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވާން ފޯމު ބަލައިގަތުގެ މަސައްކަތް 3 އެޕްރީލް 28 އެޕްރީލްގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ކުރިއަށްދާނެއެވެ. މާލޭގައި ފޯމު ބަލައިގަތުގެ އިންތިޒާމް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. ރަސްމީ ކޮންމެ ދުވަހެއްގެ 9:00 އިން 1:00 އަށް ފޯމް ބަލައި ގަންނާނެއެވެ.