'ކަލަންކް' ގެ ފުރަތަމަ ދުވަހު ބޮކްސް އޮފީހުގެ ގިނަ ރިކޯޑުތަކެއް ހަދައިފި

ބުދަ ދުވަހު ސިނަމާތަކުގައި އެޅުވި 'ކަލަންކް' ބޮކްސް އޮފީހުގައި ގިނަ ރިކޯޑުތަކެއް ހަދއިފިއެވެ. ވަރުން ދަވަން، އާލިއާ ބަޓް، ސަންޖޭ ދަތު، މަދޫރީ ޑިކްސިޓް އަދި އަދިތުޔާ ރޯއީ ލިޑް ރޯލް ކުޅެފައިވާ މި ފިލްމމު ވަނީ ފުރަތަމަ ދުވަހު 21.6 ކުރޯޑުގެ ލިބިފައެވެ. މި އަދަދާ އެކު މި އަހަރު ނެރުނު ފިލްމު ތަކުގެ ތެރެއިން ފުުރަތަމަ ދުވަހު އެންމެ ބޮޑު ފައިދާ އެއް ލިބުނު ފިލްމަކީ 'ކަލަންކް' އެވެ. މި ފިލްމު ތިއޭޓަރުގައި އެޅުވުމާއި ހަމައަށް މި ރިކޯޑު އޮތީ އަކްޝޭ ކަޕޫރް ލީޑް ރޯލު ކުޅެފައިވާ 'ކެސާރީ' އަށެވެ. 'ކެސާރީ' އަަށް ފުރަތަމަ ދުވަހު ފައިދާގެ ގޮތުގައި ލިބިފައިވަނީ 21 ކުރޯޑް ރުޕީސް އެވެ.

އެންމެ ބޮޑު ފައިދާ އެއް ލިބުމުގެ އިތުރުން 'ކަލަންކް' އަކީ ވަރުން އާއި އާލިއާގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު ފައިދާ އެއް ލިބުނު ފިލްމމު ވެސްމެއެވެ. ވަރުން ގެ ފިލްމުތަކުގެ ތެރެއިން ބޮޑު ފައިދާއެއް ލިބުނު ފިލްމަކަށް މީެ ކުރީން ރިކޯޑު ކުރެވިފައި އޮތީ  'ދިލްވާލޭ' އެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 21 ކުރޯޑެވެ. އާލިއާގެ ފިލްމުތަކުގެ ތެރެއިން މި ރިކޯޑު އޮތީ ރަންވީރް ސިންހް އާއެކު ކުޅެފައިވާ ފިލްމު 'ގަލީ ބޯއި' އަށެވެ. އެ ފިލްމު އެޅުވި ދުވަހު 19.41 ކުރޯޑުގެ ލިބިފައިވެއެވެ.

މީގެ އިތުރުން 'ކަލަންކް' އަކީ އާލިއާ އާއި ވަރުން އެކުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން ވެސް ފުރަތަމަ ދުވަހު އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި މިހާރު ރިކޯޑު ކުރެވިފައިވާ ފިލްމެވެ. އާލިއާ އާއި ވަރުން ވަނީ މީގެ ކުރީން ހަތަރު ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްފައެވެ.

ފުރަތަމަ ދުވަހު ގިނަ ރިކޯޑުތަކެއް ހަދާފައިވީ ނަމަވެސް އުއްމީދު ކުރި ވަރުގެ ކާމިޔާބީ އެއް ފިލްމަށް ލިބިފައިނުވާ ކަމަށް ކްރިޓީކުން ވަނީ ބުނެފައެވެ. އާލިއާ އާއި ވަރުންގެ އެކްޓިން އަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ނަމަވެސް ފިލްމުގެ ސްޓޯރީ ލައިން އެންމެ ރަނގަޅަށް ހުށަހަޅާދެވިފައިނުވާ ކަން އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ފިލްމުގައި އެންމެ މުހިއްމު ރޯލެއް އަދާކޮށްފައިވަނީ އާލިއާ އާއި ވަރުން ކަމުގައި ވީނަމަވެސް ސަންޖޭދަތު އާއި މަދޫރީގެ އެކްޓިން ވަރަށް މޮޅު ކަމަށް ގިނަ ކްރިޓީކުން ވަނީ ބުނެފައެވެ.

'ކަލަންކް' އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް އަބީޝެކް ވަރުމަން ޑަައިރެކްޓްކޮށްފައިވާ ފިލްމެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.