'ސުއިދާގަ- މޭޑް އިން އިންޑިއާ' ގެ ޓްރެއިލަރ ނެރެފި

އަނުޝްކާ ޝަރްމާ އާއި ވަރުން ދަވަންގެ ފިލްމް 'ސުއިދާގަ- މޭޑް އިން އިންޑިއާ' ގެ ޓްރެއިލަރ މިއަދު ނެރެފިއެވެ.

ސުއިދާގައިގާ ވަރުން ދަވަން ކުޅެނީ މާދްޔާ ޕްރަދޭޝްގެ މަޝްހޫރް ފެހުންތެރިއެއް ކަމުގައިވާ މައުޖީގެ ރޯލެވެ. މައުޖީގެ އަންހެނުންނަކީ ޖަރީ ކުރުމުގެ ތަޖުރިބާކާރެކެވެ. އަނުޝްކާ ކުޅެނީ މައުޖީގެ އަންހެނުންގެ ރޯލެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ބުރަ މަސައްކަތާއި ހިތްވަރުގެ ތެރެއިން ލޯތްބާއި އިހްތިރާމް ހޯދޭނެ ވާހަކައެވެ. މި ފިލްމު ގެ ޕްލޮޓްވަނީ މަހާތަމާ ގާނދީގެ ފަލްސަފާ އާއި 'މޭޑް އިން އިންޑިއާ' ކެމްޕޭނާއި ގުޅުވާފައެވެ.

ސުއިދާގަ- މޭޑް އިން އިންޑިއާގެ އޮފިޝަލް ޓްރެއިލަރ: 

މިއަދު ނެރުނު ޓްރެއިލަރ ގައި މައުޖީ ފެންނަނީ ފަހާފޮށި ވިއްކާ ފިހާރައެއްގެ ސޭލްސްމޭން އަކަށް ހުންނަ ތަނެވެ. އޭނާއަށް ފެހުންތެރިއެއްގެ ވަޒީފާ އިން ފުރުސަތު ނުލިބެއެވެ. އެހެންކަމުން ވަޒީފާ ދޭ ފަރާތުގެ މަޅީގައި އޭނާ ހުންނަނީ ބަނދެވިފައެވެ. މަމްތާ (އަނުޝްކާ) އަށް އެމަންޒަރު ބަލަން އެހައި ފަސޭހައެއް ނޫނެވެ. އެހެންކަމުން މަމްތާ ބޭނުންވީ މައުޖީ އަމިއްލަ މަސަކަތެއް ފެށުމަށެވެ. އަދި ދެމީހުން އެކުގައި އަމިއްލަ ވިޔަފާރިއެއް ފެށުމަށް މަސައްކަތް ކުރެއެވެ. ޓްރެއިލަ އިން ފެންނަ ގޮތުން މިއީ ދިރުމާއި އުއްމީދު ގެނެސްދޭނެ ފިލްމެކެވެ. ވަރުން އަކީ ފިލްމުގެ މައި ކެރެކްޓަރ ނަމަވެސް އަނުޝްކާ ގެ ރޯލުގައި އޭނާ އަކީވެސް ކުޅަދާނަ ތޫނިފިލި އަދި ފިރިމީހާއަށް އެއްބާރުލުމާއި ހިތްވަރު ދޭ އަނތްބެކެވެ.

ފިލްމު ސިނަމާތަކަށް އަންނާނީ ސެޕްޓެންބަރު މަހުގެ 28ވަނަ ދުވަހުއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.