
ހދ. ކުޅުދުއްފުށީގެ ގެއަކުން ކަރަންޓު ބުރުމާއެއް ވަގަށްނަގައި އެ ވިއްކި މީހަހު ބަންދުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލާގައި ބަންދުކޮށްފައިވަނީ ޢުމުރުން 39 އަހަރުގެ މީހެއްކަމަށެވެ. ބުރުމާ ވަގަށްނެގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ ރޭ 19:30 އެހައިކަންހާއިރުގައެވެ.
ފުލުހުން ވިދާޅުވީ މައްސަކަ ހުށަހެޅުނުތާ 4 ގަޑިއިރުތެރޭ ފުލުހުންވަނީ އެ ބުރުމާ ހޯދައިފައި ކަމަށެވެ. "މިމައްސަލަ ހުށަހެޅުނުތާ 4 ގަޑިއިރުތެރޭގައި ފުލުހުންކުރި މަސައްކަތުން، ބުރުމާ ވިއްކާލައިފައިވަނިކޮށް ހޯދައި 39 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ،" ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިހާރުގެންދަވަނީ މި މައްސަލަ އިތުރަށް ބައްލަވަމުންނެވެ.