
މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރަމުން ގެންދާ ގައިދީންގެ މަސައްކަތްތައް ދައްކާލުމުގެ ފެއަރ ރައީސް އިބްރާހީމް މުޙައްމަދު ޞާލީހުގެ ދެ ކަނބަލުން ހުޅުއްވައިދެއްވައިފިއެވެ.
މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމްކޮށްގެން ”ކަމާކެމި“ އިންމޭޓްސް ކްރިއޭޓިވް ފެއަރ 2019 ގެ ނަމުގައި ކުރިއަށް ގެންދާ ފެއާއެކެވެ. މި ފެއަރ ހުޅުއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ކ. މާފުށީ ސްކޫލުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު މާލެއަތޮޅު މާފުއްޓަށް ވަޑައިގެން މި ފެއަރ ހުޅުއްވައިދެއްވުމަށްފަހު، ވަނީ ފެއާ ބައްލަވައި ލައްވައިފައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ހުނަރު އިތުރުކޮށް އެހުނަރު ދައްކާލުމަށް ކަރެކްޝަންސްއިން މަސައްކަތް ކުރައްވައެވެ.