
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ އިންތިޚާބީ ހަތްދާއިރާގެ ގޮނޑި އައްޑޫ ރައްޔިތުން އެމްޑީޕީއަށްދިނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އައްޑުއަށް ވެވަޑައިގެންނެވި ތަރައްޤީގެ ވަޢުދުނާމާ ތަންފީޒު ކުރުމަށް ކަމަށް އައްޑޫގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.
"ރައްޔިތުން އައްޑޫގެ ހަތްގޮނޑި އެމްޑީޕީއަށް ދިނީ އެމްޑީޕީގެ ސަރުކާރުކާރުގައި އައްޑޫ ތަރައްޤީކުރަން ބޭނުންވާ މިންވަރު ބޮޑުކަމުން. އަދި ރައީސުލްޖުމްހޫރިއްޔާގެ އައްޑޫ ވަޢުދުނާމާގައިހުރި ކަންކަން އައްޑޫ ރައްޔިތުން ތަންފީޒުކުރަން ބޭނުންވާތީ ރައްޔިތުންގެ މަޖިލީހުގެ ހަތްގޮނޑި އެމްޑީޕީއަށް މިދިނީ،" ޔަސްރިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫ ރައްޔިތުން އުންމީދު ކުރަނީ މަޝްރޫޢުތައް އަވަހަށް ފެށި، ވަރަށް ބާރަށް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް ކަމަށް ޔަސްރިފް ވިދާޅުވިއެވެ.