
ބޮލީވުޑްގެ ތަރި އަދި މޮޑެލް ކަޓްރީނާ ކައިފް ފޮޓޯ ޝޫޓަކަށް ރާއްޖެ އަތުވެއްޖެއެވެ. ކަޓްރީނާ ރާއްޖެ އައީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭނާ އާއެކު ސެލެބްރިޓީ މޭކަޕް އާޓިސްޓު ޑެނިއަލް ބޮއެއަރ އާއި ސެލެބްރިޓީ ފިޓްނެސް އިންސްޓްރަކްޓަރު ޔާސްމީން ކަރާޗީވާލާ އާއި އޭނާގެ ޓީމު ވެސް ރާއްޖެ އައިސްފައިވެއެވެ. ކަޓްރީނާގެ ފޮޓޯ ޝޫޓް ކުރިއަށް ދަނީ ތާޖް އެގްޒޯޓިކާ ގައެވެ.
ކަޓްރީނާ ވަނީ ތާޖް އެގްޒޯޓީކާގެ ބީޗުގެ ބައެއް ފޮޓޯތައް އިންސްޓެގްރާމް އެކައުންޓުގައި ޝެއަރ ކޮށްފައެވެ. އިންސްޓެގްރާމުން 20 މިލިއަން މީހުން އޭނާ ފޮލޯ ކުރަން ފެށުމުން އެމީހުންނަށް އޭނާ ޝުކުރު އަދާކޮށްފައިވާ ވިޑީއޯ ނަގާފައިވަނީ ވެސް ރިސޯޓުގައެވެ.
ކަޓްރީނާ އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ 2016ވަނަ އަހަރުގެ ނޮވެންބަރު މަހު ބާޒާރް ބްރައިޑް އިންޑިއާ ގެ ފޮޓޯ ޝޫޓަކަށެވެ. އެފަހަރު އޭނާ އާއެކު މަޝްހޫރު ފެޝަން ޑިޒައިނަރު މަނިޝް މަލޯތްރާ ވެސް ރާއްޖެ އައިސްފައިވެއެވެ.
ރާއްޖެ އަކީ މިހާރު އިންޑިއާގެ އެކި ފަންނާނުންގެ މެދުގައި މަގްބޫލު މަންޒިލެކެވެ. ޓީވީ ތަރިންނާއި، ފިލްމުސްޓާރުން އަދި ކުޅިވަރު ކުޅޭ މީހުން ރާއްޖެ އަންނަ މިންވަރު މިދިޔަ ހަތަރު ފަސް އަހަރުތެރޭ ވަނީ ނިސްބަތުން އިތުރު ވެފައެވެ.
Ketreena furathama rajje ais fai vanee 2005ga Maine Pyar Kiyun Kiya ge shooting ah