
ފިލްމު ޒީރޯގެ ޕްރޮމޯޝަނަށް ޝާހް ރުކް ޚާން އާއި ކަޓްރީނާ ކައިފް އަދި އަނުޝްކާ ޝަރްމާ އިންޑިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭ އެޕިސޯޑުގައި ބައިވެރިވެއްޖެއެވެ. މި އެޕިސޯޑު ދައްކާނީ މި ހަފްތާ ބަންދުގައެވެ.
ޒީރޯ ގެ ޓީމު އައިޑޮލްގެ ފިނާލޭ އެޕިސޯޑަށް ޝޫޓް ކުރީ އަންގާރަ ދުވަހުއެވެ. ޕްރޮމޮޝަން މި ހަފްތާ ތެރޭގައި ފެށިފައިވީ ނަަމަވެސް ފިލްމުގގެ ޓްރެއިލަ ލޯންޗަށް ފަހު ތިން ތަރީން އެކުގައި ފިލްމ ޕްރޮމޯޓް ކުރުމުގެ ހަރަކާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވީ ދިއްލީގައެވެ.
ޒީރޯ އަކީ މިއަހަރު ސިނަމާގައި އަޅުވާ ފިލްމުތަކުގެ ތެރެއިން މަގްބޫލު ފިލްމަކަށް ވާނެ ކަމަށް ފިލްމީ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.