ނަވާރަވަނަ މަޖިލީސް އިންތިޚާބު ބޮޑު ތަފާތަކުން އެމްޑީޕީ ކާމިޔާބު ކޮށްފި

ރައީސް އިބްރާހީމް ވޯޓު ލައްވަނީ: ފޮޓޯ އެމްޑީޕީ

 

ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެދާއިރާގެ މިހާރުގެ ވެސް މެމްބަރު އަޙުމަދު ޝިޔާމް މުޙައްމަދު. ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޢަބްދުލް މުޙުސިން. ފަރެސް މާތޮޑާ ދާއިރާގެ ގޮނޑި ޙުސައިން މުޙައްމަދު ލަތީފު ކާމިޔާބު ކުރައްވައިފި.

22:24:02

ދިއްދޫ ދާއިރާގެ ގޮނޑި ގެންދިޔައީ އެމްޑީޕީގެ މުހައްމަދު ވަހީދު.

ގެމަނަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީއެމްޑީޕީގެ އަޙުމަދު ސަޢީދު. ވެލިދޫ ދާއިރާ ގެންދިޔައީ އެމްޑީޕީގެ މުޙައްމަދު ޢަބްދުﷲ ޝަފީޤު. ތ. ގުރައިދޭ ދާއިރާ ކާމިޔާބު ކުރެއްވީ ޣައްސާން މައުމޫން. ހުޅުމާލެ ދާއިރާ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ އަލީ ނިޔާޒު.

22:20:04

މުލަކު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ އިބްރާހިމް ނަސީރު.

ތޮއްޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޙަސަން ޝިޔާން ކާމިޔާބު ކުރައްވައިފި.

ބާރަށު ދާއިރާގެ ގޮނޑި އެމްޑީޕީގެ އަޙުމަދު ޢަބްދުﷲ ކާމިޔާބު ކުރައްވައިފި. އޭނާ އާ ވަދަ ކުރެއްވީ ސުޖާޢު. ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޖީހާން މަހުމޫދު. ޕީއެންސީގެ ވަގުތީ ރައީސް ޢަބްދުއްރަޙީމާ ވާދަކުރައްވައި

ފޮނަދޫ ދާއިރާގެ ގޮނޑި މޫސާ ސިރާޖު ކާމިޔާބު ކުރައްވައިފި.

22:14:48

ފެލިދޫ ދާއިރާގެ ގޮނޑި މުޙައްމަދު އަބޫބަކުރު ކާމިޔާބު ކުރައްވައިފި. ލ. ގަމުދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ މުޙައްމަދު ވިސާމް. ތުޅާދޫ ދާއިރާ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޙިސާން ޙުސައިން.

22:05:10

ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަނދުން ހުސައިން ޝަމީމް. އެ ދާއިރާ އަށް ވާދަކުރެއްވީ ރުކުމާ މުޙައްމަދު ޢަބްދުލްކަރީމް. ގަލޮޅު އުތުރު ދާއިރާ އީވާ އަބްދުﷲ ކާމިޔާބު ކުރައްވައިފި. މައްޗަންގޮޅީ މެދު ދާއިރާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރައްވައިފި. މެދުހެންވޭރު ދާއިރާގެ ގޮނޑި އަލީ އާޒިމް ކާމިޔާބު ކުރައްވައިފި. މައްޗަން ގޮޅީގެ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރަޝީދު. އޭނާ އާ ވާދަކުރެއްވީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން. ފާރިސް ވަނީ މުޙައްމަދު ރަޝީދަށް މަރުޙަބާ ވިދާޅުވެފައި. ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މީކާއިލް ނަސީމް. މާފަންނު އުތުރު ދާއިރާ ކާމިޔާބު ކުރެއްވީ އެދާއިރާގެ މިހާރުގެ ވެސް މެމްބަރ އިމްތިޔާޒު ފަހުމީ.

ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ އިބްރާހިމް މުއިއްޒު.

22:04:47

ގދ. ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޢަބްދުލް މުޣިނީ. އޭނާ އެގޮނޑި ކާމިޔާބު ކުރެއްވީ އެދާއިރާގެ މިހާރުގެ އެމްޕީ  ސައުދުﷲ ޙިލްމީއާ ވާދަކޮށް. ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ގެންދިޔައީ އެމްޑީޕީގެ ޢަބްދުﷲ ސަނީފް. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ  ޕީޖީ ލީޑަރ އަޙުމަދު ނިހާނާ ވާދަކޮށްގެން. އެއަތޮޅު ގައްދޫ ދާއިރާ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަޙުމަދު ޒާހިރު. މަޑަވެލީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޙުސައިންފިރުޝާން. އޭނާއާ ވާދަ ކުރެއްވީ މުޢާޒު މުޙައްމަދު ރަޝީދު.

21:08:35

މަރަދޫ ދާއިރާ ކާމިޔާބު ކުރެއްވީ، އިބްރާހިމް ޝަރީފު، ފޭދޫ ދާއިރާ ކާމިޔާބު ކުރެއްވީ މުޙައްމަދު ނިހާދު، ހިތަދޫ އުތުރު ދާއިރާ ކާމިޔާބު ކުރެއްވީ މުޙައްމަދު އަސްލަމް، ދެކުނުދާއިރާ ކާމިޔާބު ކުރެއްވީ އިބްރާހީމް ނާޒިލް، މެދު ދާއިރާ ކާމިޔާބު ކުރެއްވީ އަޙުމަދު ރަޝީދު، މީދޫ ދާއިރާ ކާމިޔާބު ރޮޒޭނާ އާދަމް، ހުޅުދޫ ދާއިރާ ކާމިޔާބު ކުރެއްވީ ކާމި އިލްޔާސް ލަބީބު.

އައްޑޫ ސިޓީގެ ހަތް ގޮނޑިވެސް އެމްޑީޕީ ކާމިޔާބު ކޮށްފި.

18:55:58

ހައެއް ޖެހުމުން ވޯޓު ފޮށިތައް ވަނީ ބަންދު ކުރަން ފަށައިފައި. ބަންދު ކުރަން ފެށިއިރު 78.4 ޕަސެންޓު މީހުން ވަނީ ވޯޓުލައިފައި. އެއީ 207،360 މީހުން.

15:43:30

މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމުން ވޯޓުލާން އަންނަ މީހުންގެ ޢަދަދު މަދުވުމުގެ ސަބަބުން މިއަދު 6:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރު ކޮށްފި. ކުރިން އޮތީ 4:00 އަށް ވަގުތު ހަމަވާ ގޮތަށް.  ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާފައިވާ ގައުމުތަކުގައި ވެސް ދެ ގަޑިއިރު އިތުރު ކޮށްފައިވާ ކަމަށް އީސީން ވިދާޅުވި. އީސީން ވިދާޅުވީ ވޯޓުލާން އަންނަ މީހުންގެ ޢަދަދު އާދަޔާ ޚިލާފަށް މަދު ކަމަށް. ވަގުތު އިތުރު ކުރިޔަސް އިތުރަށް ލަސް ނުކުރުމަށް އީސީން ވަނީ ވޯޓުލާ މީހުންގެ ގާތުން އެދިފައި.

13:21:11

ހެނދުނުން ފެށިގެން މިހާތަނަށް އެއްލައްކަ މީހުން ވޯޓުލައިފި. އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ އަވަހަށް އެންމެންން ނުކުމެ ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް.

12:27:13

އިލެކްޝަންސް ކޮމިޝަން: މެންދު 12 އާ ހަމައަށް ވޯޓު ލައިފައިވަނީ 27.17 ޕަސެންޓު މީހުން.

11:37:45

ރައީސް އޮފީސް: މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު ހެނދުނު ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓު ލެއްވީ، ބިއްލޫރިޖެހިގޭގައި ގައި ބަހައްޓާފައިހުރި ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށް.

އައްޑޫސިޓީ ހުޅުދޫސްކޫލް ގައި ބަހައްޓައިފައިވާ ވޯޓު ފޮށްޓަށް ވޯޓުލާން ގޮސްތިބި ބައެއް: ފޮޓޯ ކިޔުންތެރިއެއް

11:19:33

އައްޑޫސިޓީ ހުޅުދޫސްކޫލް ގައި ބަހައްޓައިފައިވާ ވޯޓު ފޮށްޓަށް ވޯޓުލާން މިވަގުތު ގޮސްތިބީ ވަރަށް މަދު ބައެއް. މީގެ އިތުރަށް އެހެން ހީސާބުތަކުގައި ވެސް ވޯޓުލާން ގޮސް މިވަގުތު ތިބީ މަދު ބައެއް ކަމަށް މަޢުލޫމާތު ލިބޭ. ދެން މީހުންނަށް އިތުރުވާނެ ކަމަށް ބެލެވެނީ މެންދުރުފަހު.

11:08:48

ފުލުހުން: އިންތިޚާބާ ގުޅިގެން މިހާތަނަށް ދެ މައްސަލައެއް ހުށަހެޅިފައިވޭ. ތަފްސީލް ފަހުން ހާމަކުރާނަން.

އައްޑޫ ސިޓީ ހިތަދޫ ނޫރާނީ ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަށް ވޯޓުލުމަށް ކުއއު ދަމާލާފައި: ފޮޓޯ އާފަތިސް

10:30:41

ރައީސް އޮފީސް: މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ހެނދުނު ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓު ލެއްވީ، ޖަމާލުއްދީން ސްކޫލު ގައި ބަހައްޓާފައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮށްޓަށް.

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ގެންދަނީ ޙަރަކާތްތެރިވަމުން: ފޮޓޯ އާފަތިސް

10:21:12

އިލެކްޝަންސް ކޮމިޝަން: މިހާތަނަށް 20،000 މީހުން ވޯޓުލައިފި. ރާއްޖެއިން ބޭރުގައި ވޯޓުލުން ވެސް ވަރަށް އޮމާން ކަމާއެކު ދަނީ ކުރިއަށް. އެއްވެސް ޝަކުވާއެއް މިހާތަނަށް ހުށަހެޅިފައެއްވެސް ނުވޭ.

10:04:56

ހުރިހާ ހިސާބެއްގައި ވެސް ވޯޓުލުން ކުރިއަށް ދަނީ ވަރަށް އޮމާން ކަމާއެކު

09:57:40

ތިލަފުށީގައި ބަހައްޓައިފައިވާ ފޮށްޓަށް ވެސް ވޯޓުލާން ފަށައިފި.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު ވޯޓު ލައްވަނީ: ފޮޓޯ ޓްވިޓަރ

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ދެންމެ ފަށައިފިއެވެ. އެހެންނަމަވެސް ތިލަފުށީގައި ބަހައްޓައިފައިވާ ފޮށްޓަށް އަދި ވޯޓުލާން ނުފެށެއެވެ.

އެ ފޮށްޓަށް ވޯޓުލުން ލަސްވެފައިވަނީ ކަނޑައަޅައިފައިވާ ސަރަޙައްދަށް ފޮށި ވައްދަން ޕްރިޒަންސް އިން ހުއްދަ ނުލިބިގެން ކަމަށް އީސީގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އެފޮށްޓަށް ވޯޓުލުމުގެ ތައްޔާރީތައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މާގިނަ އިރެއްނުވެ ވޯޓުލާން ފެށޭނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

މި ފަހަރުގެ އިންތިޚާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނީ ޖުމްލަ 501 ވޯޓު ފޮށި ވަނީ ބަހައްޓައުފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެވެ. އެފޮށްޓަށް 87 ދާއިރާގެ ރައްޔިތުން ވޯޓުލާނެއެވެ. އޭގެ އިތުރަށް ދެން އެންމެ ގިނަމީހުން ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވަނީ އަވަށްޓެރި ސްރީލަންކާގައި ބަހައްޓާފައިވާ ފޮއްޓަކަށެވެ. އެއީ ޑަބްލިޔު 1.1.3.0 ނަމްބަރު ފޮށްޓެވެ. އެފޮށްޓަށް 85 ދާއިރާއަކުން ވަނީ ވޯޓުލާން ރަޖިސްޓްރީ ކޮށްފައެވެ. މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 264،589 އެވެ.

އެހެންފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ވޯޓުލައި ނިމުމުން، ކޮންމެ ފޮށްޓެއްގެ ނަތީޖާ އިންތިޚާބީ މަރުކަޒުތަކުގައި އިއުލާން ކުރައްވާނެއެވެ.

މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވަރަށްބޮޑަށް ތައްޔާރުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.