ކުރިއަށް އޮތް ހަފްތާގައިވެސް ވިއްސާރަކުރާނެ!

maxresdefault

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކުރިއަށް މިއޮތް ހަފްތާގެތެރޭގައިވެސް ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިހާރު މިކުރާ ވިއްސާރައަކީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފްގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖޭގެ ދެކުނުގެ ހިސާބުތަކަަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ހުޅަނގާއި ހުޅަނގު ދެކުނުން ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، ރާއްޖޭގެ އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ..

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.