
އއ. ކުރަމަތި ރިސޯޓުގެ ފަޅުތެރޭގައި އަޅައިފައި އޮތް ލޯންޗެއް އިސްޓާޓު ކުރަން އުޅުމުގެ ތެރޭގައި އެއްޗެއް ގޮވުމުގެ ސަބަބުން އޭގައި ރޯވެ، އަޑިއަށް ހިނގައްޖެއެވެ.
މިޙާދިސާގައި އެ ލޯންޗުގެ ކެޕްޓަނަށް ވަނީ ކުދިކުދި އަނިޔާ ވެފައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް ވަނީ އއ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ.
މިޙާދިސާ ހިނގަން މެދުވެރިވި ސަބަބުން ފުލުހުން ގެންދަނީ ބަލަމުންނެވެ.