
ތ. އަތޮޅު ގުރައިދޫގައި ސީބެޑެއްގެ އެހީގައި މޫދަށް އެރިއުޅުނު 19 އަހަރުގެ އަންހެނަކު އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.
މިއަދު ހެނދުނު ހިނގި މި ޙާދިސާގައި އެ މީހާ ސަލާމަތް ކޮށްފައިވަނީ ފުލުހުންނެވެ. ފުލުހުން ވިދާޅުވީ ގުރައިދޫ ރަށު ފަންނާ ދިމާ މޫދުގައި ހިނގި މި ޙާދިސާގައި ފުލުހުންގެ އެހީތެރި ކަމަށް އެދުމާއެކު އެ ސަރަޙައްދަށް ގޮސް އޭނާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.
މި ކަމާބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ނުދެއެވެ.