
މާފަންނު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިމަހު ދެވަނަ ދުވަހުން ކޯޓު އަމުރެއްގެ ދަށުން ބަންދު ކުރި 21 މީހުގެ ތެރޭގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާ ދޫކޮށްލައިފިއެވެ.
ބާކީ ތިބި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 5 މީހުން ދޯކޮށްލައިފައެވެ. އަދި 12 މީހަކަށްވަނީ 5 ދުވަހުގެ މުއްދަތު ޖަހައިދީފައެވެ. ތިން މީހަކަށް ވަނީ 3 ދުވަހުގެ މުއްދަތު ޖަހައިދީފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެގެއަށް ފުލުހުންވަނީ މަސްތުވާތަކެތީގެ ވިޔަފާރި އެގޭގައި ކުރަމުންދާ ކަމުގެ މަޢުލޫމާތަކާ ގުޅިގެންނެވެ. އެގެ ބަލައި ފާސްކުރުމުން ވަނީ މަސްތުވާތަކެތި އަޅައިފައިހުރި 38 ރަބަރު ޕެކެޓު ފެނިފައެވެ. ފުލުހުންވަނީ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލަ މިހާރު ދަނީީ ތަޙުޤީގު ކުރަމުން ކަމަށެވެ.