އަށް ސަތޭކައަށްވުރެ ގިނަ ބަނގުރާފުޅި ނައްތާލައިފި

އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ގިނަ ޢަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ އެއީ މިއަހަރު ޖެނުއަރީ އެކަކުން ސެޕްޓެމްބަރ ސައްބީހުގެ ނިޔަލަށް، ވިލާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރަންދާ ޓުއަރިސްޓުންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ.

އެ މުއްދަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 809 ބަނގުރާ ފުޅިއާއި، 405 ބިޔަރު ފުޅިއެވެ. އެ ތަކެތި ނައްތާލައިފައިވަނީ މާމިގިލީ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ. އެއީ 395 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

އެ ތަކެތި ނައްތާލައިފައިވަނީ ޤަވާޢީދާ އެއްގޮތަށް އެފަދަތަކެތި ނައްތާލަން އެކުލަވާލައިފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.