ގެއްލުނު ޝިމާ ހޯދަން ޑައިވިން ރޮބަރޓް ބޭނުން ކުރަން ފަށައިފި

ހައްދުންމަތީ ފޮނަދޫން ފުރައިގެން މާމެންދުއަށް ދަތުރުކުރި ޑިންގީއެއް ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު އާމިނަތު ޝިމާ ނާފިޒު ހޯދުމުގެ މަސައްކަތުގައި ޑައިވިން ރޮބަރޓް ބޭނުން ކުރަން ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޢުމުރުން 19 އަހަރުގެ އެ ޒުވާނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ގެންދަނީ އެތަނުގެ ހުރިހައި ވަސީލަތްތަކެއް ބޭނުން ކުރަމުން ކަމަށެވެ. އެގޮތުން ރޮބަރޓް، ޑައިވިންޓީމް، ހެލިކޮޕްޓަރ، ލޯންޗު ފަހަރު، އެމަސައްކަތުގައި ބޭނުން ކުރެއެވެ. އެ ޙަރަކާތުގައި ޝަހީދު ޢަލީ ޝިޕް ވެސް ވަނީ ބައިވެރިވެފައެވެ. އަދި ނައިޓް ވިޝަން ގޮގްލްސް  ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ޑިންގޯ ބަންޑުންޖަހައިލީ އިންޖީނުން ޕެޓްރޯލް ހުސްވެގެން ޕެޓްރޯލް އަޅަން ތިއްބައި ނެގި ރާޅެއްގެ ސަބަބުން ކަމަށް ޝިމާ ގޮވައިގެން ދަތުރުކުރި އިބްރާހީމް ފަސީލް މަޢުލޫމާތު ދެއްވައިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ފަތާފައި ގޮސް ސިސް ސެންސް ރިސޯޓަށް އަރައި ޙާދިސާގެ ޚަބަރު ރިޕޯޓުކޮށްފައެވެ.

ފަޒީން ސިކްސް ސެންސް ރިސޯޓަށް ދިޔުމުގެ ކުރިން އޭނާ ފެންމަތީގައި އޮތުމަށް ހަމެއްގެ އިތުރަށް ފޯނެއް އޭނާގެ އަތަށް ދިންކަމަށް ފަޒީލް ބުނެފައިވެއެވެ. ޝިމާއަކީ ފަތަން ނުދަންނަ ކުއްޖެކެވެ.

ޝިމާގެ ބައްޕައަކީ ގދ. ފިޔޯރީ މީހެކެވެ. މަންމައަކީ ލ. މާމެންދޫ މީހެކެވެ. އޭނާ ދިރިއުޅެމުން އައީ މަންމަގެ ރަށް މާމެންދޫގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.