ތިން މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

މާލެއިން ފުރައިގެން ކ.ހުރާ ކައިރީ އޮންނަ ކުޑަވިލިނގިއްޔަށް ދަތުރުކުރި "ނާޒް" ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އަރައިފިއެވެ.

މުދާ ހިފައިގެން ދަތުރުކުރި އެދޯނި އަރައިފައިވަނީ ކަނޑުއޮތްގިރި ކައިރީ އޮތް ފަރަކަށެވެ. އެދޯނި ފަރަ އެރުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ހެނދުނު 7:55 ގައެވެ.

ދިގު މިނުގައި 65 ފޫޓް ހުންނަ މިދޯނި ފަރަށް އެރިއިރު ދިވެއްސަކާއި ދެ ބިދޭސީންނާއެކު ޖުމްލަ 3 މީހުން ދަތުރުކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ދޯނީގެ ވެރިފަރާތުން އެދޯނި ކަފުޖަހަން ގެނައި އެހެން ދޯޏްޏަކާއި އެމްއެންޑީއެފްގެ އެހީތެރި ކަމާއެކު މިހާރުވަނީ ދޯނި ފުންކޮށްފައެވެ. ފުންކުރެވިފައިވަނީ މިއަދު 11:25 އެހައިކަންހާއިރު އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.