
ހުޅުމާލޭގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަން ފަޅާލައި އެތަނުން ގިނަ ޢަދަދެއްގެ ރެޑުބުލްއާއި ސިގިރެޓު ވަގަށްނަގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހުޅުމާލެ އަހިގަސްމަގުގައި ހުންނަ ޔޫރޯސްޓޯރުގެ ގުދަން ފަޅާލައި އެތަނުން ވައްކަން ކޮށްފައިވާ ކަމުގެ މަޢުމާލު ލިބިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދަޅުވިއެވެ.
"މިތަނުން ގިނަ ޢަދަދެއްގެ ރެޑުބުލްއާއި، ސިގިރެޓު ވަގަށް ނަގައިފައިވޭ. މީގެ ތެރެއިން ހަތަރު ކޭސް ރެޑުބުލް ފުލުހުންވަނީ ހޯދާފައި،" ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަވަނީ މިމައްސަލަ ތަހުގީގު ކުރައްވަމުންނެވެ.
މި ދުވަސްވަރަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއަށް ވުމުން ފިހާރަތަކާއި ގެދޮރު ބެލެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ޗުއްޓީއަށް ތަނަކަށް ވަޑައިގަންނަވާ ކަމަށްވާނަމަ ވަގުންގެ ފަރާތުން ގެއާއިގެދޮރާއި މުދާ ހިމާޔަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވައިފައެވެ.