ރ. އިނގުރައިދޫގައި ރަށު ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމުކުރުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފި

Inguraidhoo

ރ. އިނގުރައިދޫގައި ރަށު ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމުކުރުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ޙަވާލޮކޮށްފައިވަނީ ވިންލޭންޑް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެނަވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ވިންލޭންޑް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޑްމިނިސްޓްރޭޓިވް މެނޭޖަރ އަލްފާޟިލް މުޙައްމަދު ރަޝީދެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 895,313.32 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 02 މަސް ދުވަހުގެ ތެރޭގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.