ދ. ކުޑަހުވަދޫގައި އިންސިނަރޭޓަރެއް ބެހެއްޓުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފި

Dh.kudahuvadhoo

ދ. ކުޑަހުވަދޫގައި އިންސިނަރޭޓަރެއް ބެހެއްޓުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެނަވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެ އެޒްރޯވާ މޯލްޑިވްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ އަލްފާޟިލް މުޙައްމަދު ތައުފީގެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 684,557.03 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 79 ދުވަހުގެ ތެރޭގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.