
ވައްކަމުގެ މައްސަލައެއްގައި ގދ. ވާދޫއިން ބަންގްލަދޭޝް މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއެވެ.
ޢުމަރުން 33 އަހަރުގެ އެމީހާ ބަންދުކުރީ މީގެ ކުރިން ވާދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅައިފައިވާ މައްސަލަތަކަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނަކަށްފަހު ގައެވެ.
އެ އޮޕަރޭޝަނުގައި ވަނީ ގިނަ ޢަދަދެއްގެ ފޯންތަކާއި އެހެނިހެން ބައެއް ސާމާނު ހޯދައި ފައެވެ.
މިތަކެތި ނެގި ކަމަށް ތުހުމަތު ކުރެވޭ ބަންގަލްދޭޝް މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ވާދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެ ކޯޓުންވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.