
ބ. ތުޅާދޫ ވިލުތެރޭގައި މަސްބާނަން ތބި ބަޔަކަށް މިއަދު މަސްތުވާތަކެތި ފެނިއްޖެ އެވެ.
އެމީހުންނަށް އެތަކެތި ފެނިފައިވަނީ ޑިންގީއެއްގައި ވިލަށް ނުކުމެ މަސްބާނަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުންނަށް ފެނިފައިވަނީ މަސްތުވާތަކެތީ ބޮޑު 4 ޕަކެޓެވެ. ފުލުހުން ވިދާޅުވީ އެއީ ވީޑު ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން މިހާރު ވަނީއެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ތުޅާދޫގެ ވިލުތެރެ އިތުރަށް ބެލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އިތުރަށް ބެލި ބެލުމުން އިތުރު ޕެކެޓެއް ފެނިފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ފުލުހުން އާންމުކޮށްފައިވާ އެ ޕެކެޓުތައް ހުރި ކަޅު ރަބަރުލައި ޓޭޕް އަޅައި ވަރަށް ބޮޑަށް ބަންދުކޮށްފައެވެ.