ލަންކާގައި ހައްޔަރުކުރި ދިވެއްސަކު އުމުރަށް ޖަލަށް ލާން ޙުކުމް ކޮށްފި

ސްރީ ލަންކާގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު އުމުރަށް ޖަލަށް ލާން މިއަދު ޙުކުމް ކޮށްފިއެވެ. ސްރީ ލަންކާގެ އޮންލައިން ނޫހެއް ކަމަށްވާ "ނިވްސް ފަރސްޓް" ގައި އެ މީހެއްގެ ނަމެއް ހާމަކޮށްފައެއް ނެތެވެ.

ދިވެހި މީހާއަށް ޙުކުމް ކޮށްފައި ވަނީ ކޮލަމްބޯ ހައި ކޯޓުންނެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ބަމްބްލަޕިޓިޔާގެ ހޮޓަލަކުން 22 އޭޕްރީލް 2016 ގައެވެ. އޭނާގެ އަތުން ފެނުނު ކަމަށް ވަނީ 265 ގްރާމް ހެރޮއިނެވެ.

މި މައްސަލައިގައި ދިވެހި މީހާ ހައްޔަރު ިުރި ދުވަހު ހައްޔަރު ކުރި އެހެން މީހަކު ވަނީ ކުށް ސާބިތު ނުވުމުގެ ސަބަބުން ދޫކޮށްލައިފައެވެ. އެއީ ދިވެއްސެއް ކަމެއް ނުވަތަ ނޫން ކަމެއް ނޫހަކު ނެތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.