
ރާއްޖޭގެ ކުރީގެ ޖެންޑަރ މިނިސްޓަރު އަދި ތަޢުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. އާމާލް ޢަލީއާއި އެފްއޭއެމްގެ ނާއިބު ރައީސް ޢާއިޝަތު ނާޒިމާ ރޭ ޖުމްހޫރީޕާޓީ ގުޅިވަޑައިހެންފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދެބޭފުޅުން ވެސް މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއަކަށް ސޮއިކުރައްވައިފައެއް ނުވެއެވެ. އެދެބޭފުޅުންގެ އިތުރަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިޢު ވަނީ އެ ޖޭޕީއަށް ސޮއިކުރައްވައިފައެވެ.
މި ބޭފުޅުން ޖޭޕީއަށް ސޮއިކުރައްވައިފައިވަނީ އެޕާޓީގެ މައިޖަގަހަ ކަމަށްވާ މ. ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔަތެއްގައެވެ. އެޕާޓީއަށް ސޮއިކުރެއްވުމަށްފަހު އެބޭފުޅުންގެ މެމްބަރޝިޕް ފޯމްވަނީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ޙަވާލު ކުރައްވައިފައެވެ.
ރޭގެ ޙަފްލާގައި ޖޭޕީއަށްވަނީ އިތުރު 100 ވަރަކަށް މީހުން ވެސް ސޮއިކޮށްފައެވެ.