ދެކުނުގެ ހަތަރު އަތޮޅަށް ހުދު އެލާޓް ނެރެފި

ހުވަދު އަތޮޅު އުތުރުބުރިން ފެށިގެން އައްޑޫސިޓީ ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓް ސާވިސް އިން ހުދު އެލާޓް ނެރެފިއެވެ.

މި އެލާޓް ނެރެފައިވަނީ މިރޭ މެންދަމު 1:00 ގައެވެ. އެ ސަރަޙައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ވިދާޅިވެފައިވަނ މިރޭ މެންދަމު 1:30 އިން ފެށިގެން ހެނދުނު 7:30 އާ ދެމެދުއެވެ.

ރާއްޖޭގެ މޫސުމަށް ޢާއްމުގޮތެއްގައި ބަލާއިރުވެސް ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މެޓް ސާވިސްއިން ވިދާޅުވެފައިވެއެވެ. މީގެތެރެއިން ބައެއް ރަށް ތަކަށް ބޯކޮށް ވާރޭ ވެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މެދުތެރޭގެ އަތޮޅުތަކަށް ކެރީގެއަސަރުކުރާނެ ކަމަށާއި، އުތުރުގެ މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ އިރުއުތުރާއި އިރުން، ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އެހެން ހިސާބުތަކަށް ގަޑިއަކު  05  މޭލާއި 13  މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30  މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓްސާވިސް އިން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.