
ސަރުކާރުން ހުޅުމާލޭގައި އަލަށް އިމާރާތް ކުރަމުންދާ ހުރަވީ ސްކޫލް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުރަވީ ސްކޫލަށް ޒިޔާރަތް ކުރެއްވީ މިއަދު މެންދުރުފަހު އެވެ. މި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލެއްވިއެވެ. އަދި އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެ ސްކޫލްގެ އިސްވެރިން ވަނީ ހުރަވީ ސްކޫލާ ބެހޭ ބައެއް މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް އަރުވައިފައެވެ.