އޮންލައިން ވިޔަފާރިތަކުން ލޯގޯއެއް ބޭނުންކުރަންޖެހޭ

images

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އޮންލައިންކޮށް ވިޔަފާރިކުރާނަމަ އެ ވިޔަފާރި ހިންގަން ބޭނުންކުރާ އޮންލައިން ޕޯޓަލްގައި މީރާއިން ކަނޑައަޅައިފައިވާ ލޯގޯއެއް ފެންނަން ހުންނަންޖެހޭނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މި ފަދަ ލޯގޯއެއް ތައާރަފުކުރުމުގެ މަގުސަދަކީ، އެ ފަދަ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ކަސްޓަމަރުންނަށް އެނގޭނެފަދަ ގޮތަކަށް ހަމަޖެއްސުން ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުން ބޭނުންކުރަންޖެހޭ މި ލޯގޯގައި ޓެކްސް ދައްކާ ފަރާތުގެ ނަމާއި ޓިން ހިމެނޭނެއެވެ. އަދި މި ލޯގޯއަށް އެދުމަށް މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ފަރާތެއްގެ މައުލޫމާތު ހުށަހެޅުއްވުމުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެސްއަށް ލޯގޯ ފޮނުވާދެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.