
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މިއަދުވެސް ފުލުސް އޮފީހަށް ހާޒިރު ކޮށްފިއެވެ.
އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރު ކުރީ އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން ސުވާލު ކުރުމަށެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައި ވަނީ މިއަދު 1:30 ގައެވެ.
މީގެ ކުރިންވެސް އެއްފަހަރު އެމަނިކުފާނު ވަނީ މިމައްސަލައިގައި ފުލުހަށް ހާޒިރު ކޮށްފައެވެ. އެފަހަރު އެމަނިކުފާނާ ސުވާލުކުރެއްވީ އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ވަދެފައިވާ ފައިސާއާ ބެހޭގޮތުންނާއި އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ފުލުހުންގެ ތަޙުޤީޤަށް ފުރިހަމައަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ.