
ރައީސް ޔާމީނަށް ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަޔުރުފުޅުގައި ހިންނަވަރަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިންނަވަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފައެވެ. ހިންނަވަރަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ އުފަން ރަށެވެ. އެ ރަށުން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ދެންނެވުމުން މުޅި މީޑިއާގައި ދަނީ ފަތުއަޑު ކިޔައިފައި އެވާހަކަ ފެތުރެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅުގެ ރަށްރަށަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި ހިންނަވަރުގެ އިތުރަށް ވަނީ ނައިފަރަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ޅ. އަތޮޅު ހޮސްޕިޓަލާއި، އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޅ. ކުރެންދޫއަށް ވަޑައިގަންނަވާނެއެވެ. އެރަށަށް ވަޑައިގެން އެރަށު ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެއަތޮޅު އޮޅުވެލިފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައެވެ.