ޕާޕާ 2 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

Maldives-rejects-FBI-report-on-boat-bomb-blast

ރިޔާސީ ލޯންޗް “ފިނިފެންމާ” ގައި ބޮން ގޮއްވާލި މައްސަލައާ ދަޢުވާލިބޭ އެމް.އެން.ޑީ.އެފް ގެ މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) 2 އަހަރަށް އަދި، މިމައްސަލާގައި ދައުވާލިބޭ މޫސާ ޒަމީރާއި އަހުމަދު ތިހާމް 4 މަކާއި 24 ދުވަހަކށް ޖަލަށްލުމށް ކްރިމިންލްކޯޓުން ޙުކުމްކޮށްފިއެވެ.

މިތިންމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މި މައްސަލާގައި ޝަރީޢަތުން ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ފިނިފެންމާ ލޯންޗުކޮޅުގައި ބޮން ގޮއްވި ޙާދިސާއަށްފަހު، އެ ސަރަހައްދު ޕާޕާގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް އޭނާގެ އަމުރު މައުރޫފް އެތާ ހިންގާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. ފުލުހުން ތަހުޤީގުޓީމު ފިނިފެންމާ ލޯންޗަށް އެރިޔަނުދީ ޕާޕާ ހިފެހެއްޓިކަމަށް ކުރި ތުހުމަތުން ބަރިއްޔަވުމަށް އޭނާ ދެއްކި ވާހަކަތަކުގެ ތެރެއިން އެދުވަހު އެތަނުގައި އަމަލުކޮށްފައިވަނީ ސިފައިންގެ އިސްވެރިން އޭނާއަށް އަމުރުކުރި ގޮތަށް ކަމަށް ބުނެފައިވީނަމަވެސް އެކަން އޭނާއަށް ޝަރިޢަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް، ޝަރީޢަތުން ވަނީ ނިންމާފައެވެ.

އަދި އެދުވަހު ޕާޕާ އަމުރުކޮށްގެން ތިހާމާއި ޒަމީރު ފިނިފެންމާ ލޯންޗުކޮޅަށް އަރާފައިވާކަން ޝަރިއަތަށް ސާބިތުވާ ކަމަށާއި އެ ލޯންޗުކޮޅުން ތަހުގީގަށް ބޭނުންކުރެވިދާނެ ހެކި ނަގައިގެން ހުޅުލެއަށް ތިހާމާއި ޒަމީރު ގެންގޮސްފައިވާކަން ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށް ވެސް ޝަރިޢަތުންވަނީ ނިންމާފަ..

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.