ޑރ.މުރުސީގެ މައްޗަށް އަނެއްކާވެސް ޢުމުރުދުވަހުގެ ޖަލުޙުކުމެއް!

cca99a7907c142dd9dd7a175a8247df3_18

މިސްރުގެ އެންމެފުރަތަމަ ޑިމޮކްރެޓިކް ރައީސް ޑރ.މުޙަންމަދު މުރުސީގެ ޢުމުރަށް ޖަލަށްލުމަށް އަނެއްކާވެސް މިސްރުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. ކުރީގެ ރައީސް މުރްސީ ދެ ވަނަ ފަހަރަށް އުމުރަށް ޖަލަށް ލާން ޙުކުމްކުރީ ވެރިރަށް ގާހިރާގެ ކްރިމިނަލް ކޯޓުންނެވެ.

މިފަހަރު މުރުސީގެ މައްޗަށްކުރި ތުހުމަތަކީ ޤަޠަރަށް ޖާސޫސުކޮށްދިންކަމުގެ ތުހުމަތެވެ. ހަމަ މި މައްސަލާގައި އިތުރު 6 މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް ވެސް އިއްވާފައެވެ. ގަޠަރަށް ޖަސޫސުކޮށްދިން ކަމަށް މުރުސީގެމައްޗަށްކުރި ތުހުމަތު ސާބިތެއްނުވެއެވެ. އެހެންނަމަވެސް މިފަހަރު މުރުސީ ޢުމުރަށް ޖަލަށްލާން ޙުކުމްކުރީ ގާނޫނާ ހިލާފު އަމަލެއް ހިންގަވާފައި ވާކަމަށްބުނެއެވެ.

މީގެކުރިންވެސް މުރްސީގެ މައްޗަށްވަނީ ޖަލެއް ފަޅާލައިގެން ގައިދީން ނެރުނުކަމުގެ ތުހުމަތާއި، ޕޮލިސް ސްޓޭޝަނަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި، މަރުގެ ހުކުމް އިއްވައިފަ އެވެ. އެއީ މސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަން ވައްޓާލުމަށް 2011 ވަނަ އަހަރު ހިންގި ހަރަކާތްތަކުގެ ތެރޭގައި މުރުސީ އިސްވެހުރެ ހިންގެވި ޢަމަލުތަކެއްކަމަށް ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން އިތުރު އުމުރު ދުވަހުގެ ޖަލު ހުކުމަކާއި 20 އަހަރުގެ ޖަލު ހުކުމެއް ވެސް މުރުސީގެމައްޗަށް ވަނީ އިއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.