ޕާކިސްތާނުގެ ސަފީރު ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލު ކުރައްވައިފި

ފޮޓޯ: ރައީސް އޮފިސް

ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ) ވަސީމް އަކްރަމް ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙް އާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް 52 އަހަރު ފުރިފައިވާ ކަމަަށާއި ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކުރައްވާފައިވެއެވެ. އެގޮތުން ތަޢުލީމީ ދާއިރާއިން ވެދެއްވާފައިވާ އެހީތެރިކަން ރައީސް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަ ކުރައްވަައެވެ.  

ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުުމުގައި ތައުލީމީ ދާއިރާ އާއި ވިޔަފަރީގެ ދާއިރާ އާއި އޭގެ އިތުރުން ދެގައުމުން ޝައުގެވެރިވާ ދާއިރާތަކުން ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.

ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ބައްދަލުކުރެއްވުމުގައި ޕާކިސްތާނުން ރާއްޖެއާ އެކީ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ޕާކިސްތާނުގެ ސަފީރު ރައީސަށް ދެއްވި ކަަމަށް ވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.