ރައީސްގެ ސްކޮލަރޝިޕް: ޔުނިވަރސިޓީ އާއި ދާއިރާ ދަރިވަރުންނަށް އިޚްތިޔާރު ކުރެވޭ ގޮތަށް ފުރުޞަތު ހުޅުވާލަނީ

ފޮޓޯ: މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

ޖީ.ސީ.އީ. އޭ ލެވެލް އިން އެއްވަނަ ހޯދާ ދަރިވަރުންނަށް އެދަރިވަރަކު އިޚްތިޔާރުކުރާ ޔުނިވަރސިޓީ އަކުން ފުރަތަމަ ޑިގްރީ ޙާޞިލުކުުރުމަށް ސްކޮލަޝިޕް ދޭ ގޮތަށް ހަމަޖައްސަވައިފިއެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހަޔަ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން (ޗަބީ) މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރެއިން އެ މިނސްޓްރީ އާ ހަވާލުކުރެވިފައި ހުރި ލަނޑުދަނޑީގެ ތެރެއިން ފުރަތަމަ ވަޢުދަކީ ޖީ.ސީ.އީ އޭލެވެލް އިން އެއްވަނަ ޙާޞިލްކުރާ ދަރިވަރުންނަށް އެދަރިވަރުން އިޚްތިޔާރު ކުރާ ޔުނިވަރސިޓީ އަކުން ފުރަތަމަ ޑިގްރީ ޙާޞިލު ކުުރުމަށް ސްކޮލަޝިޕް ދޭން ފެއްޓެވުމުގެ ވަޢުދު ކަމަށެވެ. ވަޢުދު އިތުރަށް ފުރިހަމަ ކުރެއްވުމުގެ ގޮތުން އެކުއްޖަކު ބޭނުން ދާއިރާ އަކުން ކިޔެވުމުގެ ފުރުޞަތު މިއަންނަ އަހަރު ހުޅުވައިލައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ނަތީޖާ އިޢުލާން ކުރެއްވުމާއެކު ސްކޮލަރޝިޕް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ދެއްވަނީ ޖީސީއީ އޭ ލެވެލް އިން ފަސް މާއްދާ އިން 'އޭ ސްޓަރ" ހޯދާ ދަރިވަރުންނަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.