ވޭނެއް ކޮންޓްރޯލް ނުވެގެން ފަޅުގައި އޮތް ބޯޓަކަށް އަރައިފި

big_niX9X1d86pIuq8w

މާލޭ ނޯތުހާބަރުގައި ދުއްވަމުން ދިޔަ ވޭނެއް ކޮންޓްރޯލް ނުވެގެން ގޮސް އެސަރަހައްދުގެ ފަޅުގައިއޮތް ބޯޓަކަށް އަރައި މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ހަމަކުރާގޮތުގައި ރޭ 10:35 ހާއިރު، ހިނގި މި އެކްސިޑެންޓްގައި ބޯޓްގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުން ފަރުވާދީފައިވާކމަށެވެ. އެއީ ވޭން ކޮންޓްރޯލްނުވެގެން އރރި ބޯޓުގައި ހުރި މީހެކެވެ.

ވޭން ނޯތް ހާބަރު ސަރަހައްދުގައި ދުއްވާފައިވަނީ ވަރަށް ބާރު ސްޕީޑުގައިކަމަށާ، އެކްސިޑެންޓް ހިނގަން މެދުވެރިވީ ވޭން އަނބުރާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެންކަމަށް މަންޒަރުދުށް ބައެއް މީހުން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.