ރައީސް ދުވާފަރާއި، އުނގޫފާރު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރަށް މިއަދު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދުވާފަރު ކައުންސިލާއި، އުނގޫފާރު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ. އެމަނިކުފާނު މި ދެކައުންސިލާ ބައްދަލުކުރެއްވީ ވަކިވަކިންނެވެ.

މި ބައްދަލުކުރެއްވުމުގައި  ކައުންސިލްތަކުން ވަނީ އެކައުންސިލްތައް ހިމެނޭ ރަށްރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިޔަށް ރާއްވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުވާފަރުގައި ބާއްވަން ހަމަޖެހިފައިވާ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފާދިއްޕޮޅުގައި ތަރައްޤީކޮށްފައިވާ ކުޑަދޫ އައިލެންޑް ރިޒޯޓް ހުޅުއްވައިދެއްވައި، ނ. އަތޮޅު ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.