އޯލެންޑޯ ނައިޓް ކްލަބަށް ޙަމަލާދިން މީހާގެ އަނބިމީހާ ހައްޔަރުކުރަނީ!

މަތީން އަންހެނުން(ވ) އާއި ދަރިފުޅާއެކު
މަތީން އަންހެނުން(ވ) އާއި ދަރިފުޅާއެކު
މަތީން އަންހެނުން(ވ) އާއި ދަރިފުޅާއެކު

އެމެރިކާގެ ފްލޮރިޑާގެ އޯލެންޑޯގައި ހުރި އެއްޖިންސުން ގުޅުންހިންގާ ފިރިހެނުންގެ ނައިޓް ކްލަބަކަށް ވަދެ ބަޑިން ހަމަލާ ދީ 49 މީހުން މަރާލިކަމަށް ތުހުމަތުކުރެވޭ، އުމަރު މަތީންގެ އަންހެނުން ނޫރް ސަލްމާން ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ކުރަން އުޅެފާނެކަމަށް ރިޕޯޓުރައް ބުނެފިއެވެ.

އެމެރިކާގެ ޕްރޮސެކިއުޓަރުންނާ ހަވާލާދީ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި މަތީންގެ އަނބިމީހާއާ ދެކޮޅަށް ދައުވާ ކުރަން އުޅެނީ ހަމަލާއާ ބެހޭ މައުލޫމާތު އއެނާއއަށް އެނގިހުރެ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފައި ނުވާކަމަށް ތުހުމަތުކޮށެވެ.

ޙަމަލާދިނުމަށްޓަކައި ނައިޓުކްލަބަށް ވަނުމަށްފަހު، މަތީން އޭނާގެ އަންހެނުންނަށް ފޯނުކުރި ކަމަށް ވެސް ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ ޚަބަރުތައްބުނެއެވެ.

ޚަބަރުތައް މިހެން ފެތުރިފައިވީނަމަވެސް އަދިމިހާތަނަށް މަތީނުގެ އަންހެނުން ނޫރް ހައްޔަރުކުރުމުގެ އެއްވެސް އަމަލެއް ހިންގާފައެއްނުވެއެވެ. އެހެންނަމަވެސް އޭނާއާ ސުވާލުކޮށްފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.