ޔޫރޯ 2016 : އައިސްލޭންޑުން ޕޯޗުގަލް ހިފަހައްޓައިފި

2376

ފްރާންސްގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް (އެފް)ގައި ރޭ ޕޯޗްގަލް އާއި އައިސްލެންޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އެއްވަރުކޮށްގެން އައިސްލޭޏްޑުން ޕޯޗުގަލް ހިފަހައްޓައިފިއެވެ.

މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ ޕޯޗްގަލްއެވެ. އެއީ މެޗްގެ 31 ވަނަ މިނެޓް ތެރޭގައި ނާނި ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޕޯޗްގަލް ލީޑް ނަގާފައިވަނިކޮށް އައިސްލެންޑަށް އެއްވަރުކޮށްދިނީ ބާނަސަން އެވެ. އޭނާ ލަނޑުޖެހީ މެޗުގެ 50 ވަނަ މިނެޓުގައެވެ.

މީގެ އިތުރުން ދެން މިމުބާރާތުގައި ރޭ ހަންގޭރީ އާއި އޮސްޓްރިއާ ބައްދަލުކުރިމެޗް ދޭއް ސުމެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ ހަންގޭރީއެވެ.

މިމުބާރާތުގައި މިރޭ ހުރި މެޗުތަކަށްބަލާއިރު، ރާއްޖެ ގަޑިން އިރުއޮއްސި 18:00 ގައި ރަޝިއާއާއި ސޮލަވާކިޔާ ބައްދަލުކުރާނެއެވެ. އަދި 21:00 ގައި ރޮމޭނިއާއާއި ސްވިޒަލޭންޑް ބައްދަލުކުރާނެއެވެ. އަދި މިރޭ ރާއްޖެގަޑިން 00:00 ގައި އޮތީ ފްރާންސް އާއި އަލްބޭނިއާ ބައްދަލުކުރާ މެޗެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.