ފެލިދޫ ގެއެއް ބަލައި ފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކަކާއި ލިޔެކިއުންތަކެއް ހޯދައިފި

sihuru

ވ. ފެލިދޫ ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ވ.ފެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން 2016 ޖޫން 09 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައިފާސްކުރިއިރު އެގެއިން ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ޒާތުގެ ފޮތްކަކާއި ލިޔެކިއުންތަކެއް ފެނިފައިވެއެވެ.

މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެއް ނުވެއެވެ.

މިމައްސަލަ ވ.ފެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.